English Edition
Dhivehi Edition

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތައާރަފް ކުރި “ރެޑީ މިކްސް ސިމެންތި” (ޕަވާމިކްސް)ތައްޔާރު ކުރާ ކާރުހާނާއެއް ހުޅުމާލޭގައި ހުަޅުވައި ހިދުމަތް ފަށައިފިއެވެ

ރޭ ހުޅުމާލޭގަައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާރުހާނާ ހުޅުވައިދެއްވީ ހަައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަހީރުއެވެ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެސްޓީއޯ އިން ރާއްޖެއަށް ޕަވާމިކްސް ސިމެންތި ތައްޔާރުކޮށް ވިއްކަން ފެށީ 2015 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އިސްނެންގެވުމާއެކު ފެށި ޕްރޮޖެކްޓެއް ކަމަށް ޝަހީރު ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީރު ވިދާޅުވީ ހުޅުމާލެއަކީ މިހާރު ކޮންސްޓްރަކްޝަންގެ މަސައްކަތްތައް އެއްފަހަރާ ގިނަ އަދަދަކަށް ހިނގަމުން އަންނަ ތަނެއް ކަމަށާއި ޕަވާމިކްސް އަށް ހުޅުމާލެ އިން ޑިމާންޑް ބޮޑުކަމަށެވެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހުޅުމާލެއަކީ ރާއްޖޭގައި މިހާރު އެންމެ ގިނަ އިމާރާތްތައް ހެދަމުން އަންނަތަންކަމަށާއި ހުޅުމާލޭގައި ގާއިމް ކުރެވުނު މި ޕަވާ ޕްލާންޓްގެ ސަބަބުން ކޮލެޓީ ރަނގަޅު އަގު ހެޔޮ ކޮންކްރީޓް ލިބިގެންދާނެ ކަމަށެވެ

ޓެގު