English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އަށް ދޭން އެ ޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފި އެވެ

އއ. އުކުޅަހުގައި ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ ކެންޑިޑޭޓުކަމަށް އިބޫގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އިތުރު ނަމެއް ހުށައަޅާފައި ނެތުމުން ކޮންގްރެސްގައި ނެގީ ފެންނަނަ ނުފެންނަ ވޯޓެކެވެ

އިބޫއަށް ޓިކެޓް ދޭން ފާސްކުރީ އެމްޑީޕީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނައުމަށްފަހު އެވެ. އެމްޑީޕީގެ އަސާސީ ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތްނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ކޮންގްރެސްއަށް ލިބޭނެ އެވެ