English Edition
Dhivehi Edition

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޭނުންކުރާނެ ރިޔާސީ މެނިފެސްޓޯ އިއުލާންކޮށްފިއެވެ

އެމްޑީޕީން އއ. އުކުޅަހުގައި މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި ވަނީ މެނިފެސްޓޯގެ ހިމެނޭމައިގަނޑު ފަސް ބައިގެ ތަފްސީލް ދެއްވާފައެވެ. އެމްޑީޕީ ގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސްބަޔަކީ ޖަޒީރާ ދިރިއުޅުން، ނޫ އިގްތިސޯދު، ފަހުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އަދުލު އިންސާފެވެ

އެމްޑީޕީން އެ ޕާޓީގެ މެނިފެސްޓޯ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލާފައިވާއިރު އަދުލު އިންސާފްގެ ދާއިރާ އެކުލެވޭ ކަންތައްތަކުގެ ތަފްސީލް ދެއްވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީން އެކުލަވާލާނީ ދޮޅު އަހަރުގެ ދުވަހުގެ އެއްބައިވަންތަކުމުގެ ސަރުކާރެއް ކަމަށެވެ.