އެމްޑީޕީގެ ކޮންގްރެސްގެ މައިގަނޑު އަމާޒަކީވެސް ހުރީ ރައީސް ޔާމީން ބަލިކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަގުފަހިވާނެ ނިންމުންތައް ނިންމުންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ
މިއަދު އެ ޕާޓީން ބައްވާ ކޮންގްރެސް އާއި ބެހޭ ގޮތުން ވާހަކަދައްކަމުން އިބޫ ވިދާޅުވީ މިހާރު އެންމެންގެ ވެސް އަމާޒަކަށް އޮތީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިންމުމަކަށް ގެނެއުން ކަމަށާއި މިއަދު އެޕާޓީން ބައްވާ ކޮންގްރެސްގައި މުހިއްމު ނިންމުންތަކެއް ނިމިގެންދާނެކަމަށެވެ
މީގެ އިތުރުން އިބޫ ވިދާޅުވީ އިބޫ ވިދާޅުވީ އިންތިހާބުގައި ވާދަނުކުރައްވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމި ނިންމުމަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ނަންގަވަން ޖެހިވަޑައިގެން ފިޔަވަޅެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް ގަބޫލު ކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ