އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ މައްސަލައިގައި މިއަދުގެ ކޮންގްރެސްއިން ގޮތްތަކެއް ނިންމާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ،
ކޮންގްރެސް ފެށުމުގެ ކުރިން އުބޫ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވައި އިންތިހާބުގައި ވާދަނުކުރަން ނިންމި ނިންމުމަކީ އެމްޑީޕީއަށް ލިބުނު މާޔޫސްކަމެއް ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ކޮންގްރެސްގެ ފޯކަސް އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ނިންމުން ކަމަށާއި އެ ގޮތުން އެ ތަނުން ކެންޑިޑޭޓެއް ނެގުން ނޫނީ ގައުމީ މަޖިލީހުން ކެންޑިޑޭޓެއް ނެގުން، މި ދެ ގޮތުން ކޮންމެވެސް އެއްގޮތަކަށް ނިމިގެން ދާނެކެމަށް އިބޫ ވިދާޅުވިއެވެ
އެމްޑީޕީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ ޓިކެޓް ލިބޭ ފަރާތުން އެކަން ދޫކޮށްލާ ހާލަތެއްގައި ކަން ކުރާނެ ގޮތް އަސާސީ ގަވާއިދުގައިހިމެނިފައެއް ނެތެވެ. މި ކަމަށް އަލިއަޅުވާލަމުން އިބޫ ވިދާޅުވީ މިއަދު ބާއްވާ ކޮންގްރެސްގައި ކުރާނެ އެންމެ ބޮޑު މަސައްކަތަކީ، އެފަދަ ހާލަތެއްގައި ކަންކުރާނެ ގޮތުގެ އިސްލާހެއް އަސާސީ ގަވާއިދަށް ގެނައުންކަމަށެވެ .