ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި މަކަރު ނުހެއްދެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ
އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ތިންވަނަ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކުރާނެ ކަމަށާއި ތަރައްގީއަށް ކިޔާ ނަމަކީ ވައްކަން ކަމަށް ރައީސް ޔާމީން ވަނީ ހައްދަވާފަ ކަމަށެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ވަގުންނަކީ ސްމާޓް މީހުން ކަމަށް ދަނީ ދައްކަމުންކަމަށާއި ޝަރުއީ ދާއިރާ ސިފައިން އަދި ފުލުހުން މިނިވަން ކޮށް، ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ރައީސް ޔާމީންގެ ވެރިކަން ނިންމަން ޖެހޭކަމަށެވެ. އަދި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތައް ވާދަކުރާނީ އެއް ކެންޑިޑޭޓެއް ގޮތަށް ކަމަށާއި މި އިންތިހާބުގައި ޔާމީން ބަލިކުރައްވާނެކަމަށެވެ