English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އެޕާޓީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ގެންނަން ތާއިދު ކުރާކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިގޮތަށް ނިންމެވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ރައީސް ނަޝީދު ނިންމެވުމުންނެވެ.

ޝާހިދުގެ ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފައިވާތީ ޕާޓީގެ އެއްބައިވަންތަކަށް ހިފެހެއްޓުމުގެ މަޤުޞަދުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ އަށް ތާއިދު ކުރުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އަށް ތާއިދު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި ނަމަވެސް ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އިބޫ އަދި ފާޅުކޮށްފައެއް ނުވެއެވެ