English Edition
Dhivehi Edition

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު މިގޮތަށް ނިންމެވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެތީ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.