އައިރަނާސް” އިން އިންތިޒާމުކޮށްގެން އައޑޫގައި ބާއްވާ ދެވަނަ ދުވުން ކަމުގައި ވާ އައްޑޫ މެރެތަންގެ އެކްސްޕޯ ނިމި މިރޭ ފަތިހު ދުވުން ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފޯރިގަދަ ގިނަ ހަރަކާތަކާއި އެކު އީކު އިއްޔެ އާއި މިއަދު އައިރަނާސްގެ އެކްސްޕޯ ކުރިއަށް ގެންގޮސްފައިވާއިރު މިއެކްސްޕޯގައި އައިރަނާސްގެ މިހަރުގެ ރަނިން އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ދުނިޔޭގެ ޗެމްޕިއަނެއް ކަމުގައިވާ މައިކަލް ވޯޑިއަން ބައިވެރިވެފައިވެއެވެ.
ހަތް ދުވަހުގެ ތެރޭގައި ހަތް ގައުމުގައި ހަތް މެރެތަން ދުވެ “ވޯލްޑް މެރެތަން ޗެލެންޖް” މިދިޔަ އަހަރު ކާމިޔާބުކޮށްފައިވާ މައިކަލް ވޯޑިއަން އާއި އެކު އައްޑޫ މެރަތަން ފަށާނީ ޒޯން 8 ސްޓޭޑިއަމްގައި 42 ކިލޯމީޓަރު ދުވުމުންނެވެ.
ޖުމްލަ 7 އިވެންޓް ހިމެނޭ 42 ކިލޯމީޓަރުގެ ދުވުން ސްޓޭޑިއަމް އިން ފެށި ނަމަވެސް ހާފް މެރަތަން ފަށާނީ އީކުއޭޓާ ވިލޭޖް ކުރިމަތިން ގައެވެ. 5 ކިލޯ މީޓަރުގެ ދުވުން ހެނދުނު 07:30 ގައި ހިތަދޫ ނިއުސީޒަން ފިހާރަ ކުރި މަތިން ފަށާއިރު ކުޑަކުދިންގެ 1 ކިލޯ މީޓަރު،1.6 ކިލޯ މީޓަރު އަދި އުމުރުން ދުވަސްވީ މީހުންގެ 3 ކިލޯ މީޓަރުގެ ހިނގުން ފަށާނީ ހެނދުނު 08:00 ޖަހާއިރު ސްޓޭޑިއަމްގައެވެ.
އައިރަނާސް އިން މިދިޔަ އަހަރު ބޭއްވި ރަން އާއި ހިލާފަށް މިއަހަރު ބާއްވާ ރަންގައި ހިމެނޭ 42 ކިލޯ މީޓަރުގެ ފުލް މެރަތަން ކާމިޔާބު ކުރާ ފަރާތަކަށް 750 ޑޮލަރު ދެވަނައަށް 400 ޑޮލަރު އަދި ތިންވަނައަށް 300 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައި ވާއިރު 21 ކިލޯ މީޓަރު( ހާފް މެރަތަން)ގެ އެއްވަނަ ނަގާ ފަރާތަ 500 ޑޮލަރު، ދެވަނައަށް 250 ޑޮލަރު އަދި ތިންވަނައަށް 200 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު 10 ކިލޯ މީޓަރުގެ އެއްވަނައަށް 300 ޑޮލަރު، ދެވަނައަށް 150 އަދި ތިންވަނައަށް 100 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.އަދި މިއިވެންޓްގައި ހިމެނޭ 5 ކިލޯ މީޓަރު ދުވުމުގެ އެއްވަނަ ބައިވެރިޔާއަށް 200 ޑޮލަރު، ދެވަނައަށް 100 އަދި ތިންވަނައަށް 75 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މއައިރަނާސް އިން އިންތިޒާމް ކޮށްގެން ބާއްވާ ދެވަނަ އައްޑޫ މެރަތަން ސްޕޮންސާ ކޮށްފައިވަނީ ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ، ބޭންކު އޮފް މޯލްޑިވްސް، އުރީދޫ، އައްޑޫ ސިޓީ ކައުންސިލް، އީކުއޭޓަރ ވިލެޖް، ދިވާ އެކަޑަމީ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ސްރީލަންކަން އެއާލައިންސްއެވެ.
އައިރަނާސް އިން ނިންމާފައިވަނީ ބައިވެރިން އަތުން ނަގާ ރަޖިސްޓްރޭޝަން ފީ އިން ލިބޭ ފައިސާގެ 10 ޕަސެންޓް ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރުމަށެވެ.