English Edition
Dhivehi Edition

އައިރަނާސްގެ ފަރާތުން އިންތިޒާމްކޮށްގެން މިއަހަރުގެ ޖޫން މަހު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘އައްޑޫ މެރަތަން’ ގެ ޕަރޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އީކުއޭޓަރ ވިލެޖްގައި މިއަދު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި އިވެންޓުގެ ހޯސްޓިންގ ޕާޓްނަރުގެ ގޮތުގައި އައްޑޫސިޓީ ކައުންސިލް، ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި އޫރީދޫ މޯލްޑިވްސް، އެކޮމޮޑޭޝަން ޕާޓްނަރުގެ ގޮތުގައި އީކުއޭޓަރ ވިލެޖް އަދި ބްރޮންޒް ސްޕޮންސަރގެ ގޮތުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުން ވަނީ ސޮއި ކޮށްފައެވެ.

އައްޑޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. އިވެންޓްގެ އެކްސްޕޯ ޖޫން 27 އަދި 28 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެކްސްޕޯގެ ތެރެއިން މެރަތަންގައި ބައިވެރިވާ ފާރާތްތަކަށް ރޭސް ކިޓް ދޫކުރެވޭނެއެވެ.

މިފަހަރުގެ މެރެތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ވާދަކުރެވޭނެއެވެ. އެއީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ، 21 ކިލޯމީޓަރ އަދި 42 ކިލޯމީޓަރ ގެ ދުވުމުވެ. މިއިން ކޮންމެ ކެޓަގަރީ އަކުންވެސް އަންހެން އަދި ފިރިހެން ދުވުންތެރިން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށްދާ ފަރާތްތަކަށް -/7500 ރުފިޔާ، ދެވަނައަށްދާ ފަރާތްތަކަށް -/3750 ރުފިޔާ އަދި ތިންވަނައަށްދާ ފަރާތްތަކަށް -/2500 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

އައްޑޫ މެރަތަންގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިމަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ރަޖިސްޓްރޭޝަން ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރ ކުރެއްވުމަށް ‘އައްޑޫ މެރަތަން‘ ރެޖިސްޓްރޭޝަން ލިންކް އަށް ވަދެވަޑައިގެން ފޯމް ފުރިހަމަ ކުރެއްވުމުން މެރަތަންއަށް ރަޖިސްޓްރީވެގެންދާނެއެވެ.