English Edition
Dhivehi Edition

ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގެ ޖުލައި އިންޓޭކް ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އިތުރު ކޮށްފިއެވެ..

ހިތަދޫ ކެމްޕަހުން މި އަހަރުގެ ދެވަނަ ސެމިސްޓާގައި ހިންގަން ނިންމާފައިވާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވި ނަމަވެސް މިހާރު އިތުރު މުއްދަތު ދީފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ހިތަދޫ ކެމްޕަހުން ބުނެއެވެ..

ހިތަދޫ ކެމްޕަހުގައި މިއަހަރު އަލަށް ފަށާ ކޯސްތަކުގެ ތެރެއިން އެޑްވާސް ސެޓްފިކެޓް އިން ޝަރީއަރ އިން ލޯ ހިމެނެއެވެ. މީގެ އިތުރުން ބެޗްލާސް އޮފް އާލީ ޗައިލްހުޑް އެޑިޔުކޭޝަން
-ބެޗްލާސް އޮފް ޓީޗިން ޕްރައިމަރީ
-އެޑްވާންސް ސެޓްފިކޭޓް އިން އިލެކްޓިރިކަލް އެންޑް އިލެކްޓްރޯނިކް
އިންޖިނައިރިން
-އެޑްވާންސް ސެޓްފިކޭޓް އިން އިންފޮމޭޝަން ޓެކްނޮލެޖީ
-ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލެޖީ
-ސެޓްފިކޭޓް 3 އިން ޖަނައިޒް
-ޑިޕްލޮމާ ފޯ އިމާމް އެންޑް ޙަޠީބް
-އެޑްވާންސް ސެޓްފިކޭޓް އިން މެނޭޖްމެންޓް
-ބެޗްލާސް އޮފް ބްޒިނަސް
-މާސްޓާސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޓިވް
-ޑިޕްލޮމާ އިން ނާސިންގ

-ސެޓްފިކޭޓް 4 ގެ ފައުންޑޭޝަން ކޯސްތައް ހިމެނެއެވެ.

ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https:11tiny.cc/mnuhc18 މި ލިންކުން ވެސް ލިބިގެންދާނެއެވެ.

ރަށުގައި ތިބެގެން ކިއެވުމުގެ ފުރުސަތު ހޯދައި ދޭން ހިތަދޫ ކެމްޕަހުން ގިނަ މަސައްކަތްތައް އަބަދުވެސް ދަނީ ކުރަމުންނެވެ.މިގޮތުން ކޯސްތަކަށް ކިޔަވައި ދިނުމުގައި ދަރިވަރުންނަށް ފަސޭހަ ވާނޭ ގޮތަށް ކިޔަވައިދޭ ގަޑިތައް އެކުލަވައިގެން ކުރިއަށް ގެންދާކަން ފާހަގަ ކުރެވެއެވެ.