ބޭރު ގައުމުތަކުން ހިމާޔަތް ހޯދައިގެން ތިބޭ ފަރާތްތަކަށްއިންތިހާބަށް ކުރިމަތި ނުލެވޭ ގޮތަށް ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެގޮތަށް އިސްލާހު ފާސްކޮށްފައިވަނީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހެވެ.
މި އިސްލާހުގައި ވަނީ ބޭގައުމެއްގެ ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ބޭރު ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި، ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހެވެ.
މިއަދު މެންދުރު ދޭއް ޖެހި އިރު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް އިސްލާހު ހުށަހެޅީ ފަރެސްމާތޮޑާ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ އިސްލާހަށް ތާއީދު ކުރީ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދެވެ.
ބޭރުގެ އެކިއެކިޣައުމުތަކުން ހިމާޔާތް ހޯދައިގެން ތިބޭ ފަރާތްތަކަށްރިޔާސީއިންތިހާބްގައި ކުރިމަތިނުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފައި ވާއިރު އިދިކޮޅު ބައެއްލީޑަރުން ތިއްބެވީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.