English Edition
Dhivehi Edition

ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށް އޭނާ ހޯދުމުގައި އާންމުން އެހީތެރިވެދިނުމަށް އެދިއްޖެއެވެ.

ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ.ފޭދޫ، އެންދެރިމާގެ، އަޙްމަދު ޝިނާޙް (30އ) އެވެ.

އަޙްމަދު ޝިނާޙްއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791612 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ކުރި އިުލާނުގައި އެދިފައިވެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.