English Edition
Dhivehi Edition

ވާލްޑްކަޕްގައި ސައުދީ އަތުން މިސްރު ބަލިވުމުން މިސްރުގެ ސްޕޯޓްސް ކޮމަންޓޭޓަރު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުއްރަހީމް މުހައްމަދަށް ހާޓް އެޓޭކެއް ޖެހި މަރުވެއްޖެއެެވެ

މިސްރުގެ މީޑިއާތަކުން ބުނީ އެ މެޗްގައި ބަލިވުމުން އަބްދުއްރަހީމްއަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ މެޗާ ބެހޭ ގޮތުން މިސްރުގެ ނައިލް ސްޕޯޓްސް ޗެނަލްގައި ކޮމެންޓްރީއެއް ދިނުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ

އަބްދުއްރަހީމް މުހައްމަދު އަށް ހާޓް އެޓޭކް ޖެހުމާއެކު އެންމެ ފުރަތަމަ މިސްރުގެ ސްޓޭޓް ޓެލެވިޒަން ބިލްޑިންގްގައި ފަރުވާދީފައިވާއިރު، ވަގުތުން ވަނީ ފްރެންޖް ގަސްރު އަލް އައިނީ ހޮސްޕިޓަލަށް ގެންގޮސް ހިތް އަލުން މަސައްކަތް ކުރުވޭތޯ ބައި ގަޑިއިރު ވަންދެން މަސައްކަތްކޮށްފައެވެ.

ރޭ ކުޅުނު ވޯލްޑް ކަޕް ‘ގްރޫޕް އޭ’ގެ މެޗުގައި މިސްރު އަތުން ސައުދީ މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށްފަހު ސައުދީ ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ ސަލާހް ވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ

 

ޓެގު