English Edition
Dhivehi Edition

ގަބޫލުކުރާ ވެރިކަމެއް އަތުވެއްޖެނަމަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އުވާލާ އޭގެ ބަދަލުގައި ތިބޭނީ ކޯސްޑްގާޑާއި މެރިން ޕޮލިސްކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ

ސުއޫދު މިހެން ވިދާޅުވީ، “އަހަރެމެން އެދޭ ވެރިކަމެއްގައި” ނަމުގައި ސިލްސިލާކޮށް ކުރައްވާ ޓްވީޓްތަކުން ރޭ ކުރެއްވި ޓްވީޓެއްގައެވެ. ސުއޫދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ދުވާލަކަށް ހަތް މިލިއަން ރުފިޔާ ހަމައެކަނި އެމްއެންޑީއެފްއަށް މިހާރުވެސް ހަރަދުވަމުންދާކަމަށާއި އެމްއެންޑީއެފް އުވާލުމަށްފަހު ސަލާމަތް ކުރެވޭ ފައިސާ ހަރަދުކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީކުރަންކަމަށެވެ

މި ސިލްސިލާގައި ސުއޫދު މީގެ ކުރިން ކުރައްވާ ފައިވާ ޓުވިޓްތަކުގައި ވިދާޅުވީ ސިއްރުން ހެކި ބަސް ނެގުން މަނާ ކުރައްވާނެ ކަމަށާއި މިހާރު އަމަލުކުރަމުންދާ ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރުން ހުއްޓުވައި އޭގެ ދަށުން ނުހައްގުން ދައުވާކޮށްފައިވާ އެންމެންނަށް މާފު ދެއްވާނެ ކަމަށެވެ