English Edition
Dhivehi Edition

އިލެކްޝަން ކޮމިޝަން،(އީސީ)އިން އަންނަ ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް އިދިކޮޅު އެމްޑީޕީއިން ބޮއިކޮޓްކޮށްފި އެވެ

މިއަދުގެ ބޭއްވި ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކުރައްވާ ނުކުމެވަޑައިގެން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީއެމްޑީޕީގެ ހަރަކާތްތަކަށް ހުރަސް އަޅާކަން އީސީގެ ރައީސް އަހުމަދު ޝަރީފު ވެސް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ

އެމްޑީޕީއިން “ޖަޒީރާ ރާއްޖެ” ޕޯސްޓަރުތަކެއް ހަރުކުރުމަށް ބޭއްވި ހަރަކާތް އެ ޕާޓީން ބޭއްވި ދުވުން ވެސް ފުލުހުން ހުއްޓުވާފައިވާތީ އެކަމަށް އިޝާރަތްކުރައްވައި ޝިފާޒު ވިދާޅުވީ އެމްޑީޕީއިން ކުރިއަށް ގެންދާ ރިޔާސީ ކެމްޕެއިނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ

މީގެ އިތުރުން ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިންނަށް ސަރުކާރުން ހުރަސް އަޅަމުންދާއިރު، އީސީއިން މިކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެ ކޮމިޝަނާއެކު އެމްޑީޕީއިން މަސައްކަތް ކުރުމަކީ ޕާޓީގެ އާންމު މެންބަރުން ރުހޭނެ ކަމެއް ނޫން ކަމަށެވެ