ޔޭހޭ މޮހެއްބަތޭ” ގެ ތަރި ކަރަންޕަޓޭލް ( ރަމަން ބައްލާ ) އާއި އަނބިމީހާ އަންކީތާއަށް ލިބެން އުޅުނު ފުރަތަ ދަރިފުޅު ބައިގެން ގޮސްފިކަމަށް އަންކީތާގެ ބައްޕަ އަބޭ ބުނެފިއެވެ
ޓައިމްސް އޮފް އިންޑިއާ އަށް މައުލޫމާތު ދެމުން އަބޭ ބުނެފައިވަނީ އަންކީތާގެ ހާލު މިހާރު ރަގަޅުވަމުން އަންނަކަމަށާއި މި ވަގުތު އެކަމާއި ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ.މި ކަމާއި ގުޅިގެން މީޑިއާއިން ކަރަންގެ ބަހެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު މިކަމާއި ގުޅިގެން އަދި އެއްވެސް ވާހަކައެއް ކަރަން ދައްކާފައެއް ނުވެއެވެ
ކަރަން އާއި އަންކީތާ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ގިނަ ތައްޔާރީތަކެއް ވެފައިވާއިރު އަންކީތާ ބަނޑުބޮޑުކަން ކަރަން ހާމަކޮށްފައިވަނީ މިއަހަރުގެ މެއި މަހުގައެވެ
ކަރަންއާއި އަންކީތާ ދިމާވެފައިވަނީ އަންކީތާގެ ގޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން 2015 ވަނަ އަހަރުގައެވެ .