English Edition
Dhivehi Edition

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ޕޮއިންޓަކާއި ނުލައި މިސްރު ކެޓުމުން ސަޕޯޓަރުންގެ ކިބައިން އެ ޓީމުގެ ތަރި މުހައްމަދު ސަލާހު މައާފަށް އެދިއްޖެއެވެ.

މެޗަށް ފަހު ސަލާހު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިވީ 28 އަހަރަށް ފަހު ކަމަށައި އެ ޓީމުގައި، ބޭނުންވާ ތަޖުރިބާ ނެތް ކުޅުންތެރިން އެބަތިބިކަމަށެވެ. މީގެ އިތުރުން ސަލާހު ބުނެފައިވަނީ މުބާރާތުގައި ދެއްކި ކުޅުމަށް، ހުރިހާ ކުޅުންތެރިންނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށާއި 2022 ވަނަ އަހަރު މިސްރު ވޯލްޑް ކަޕަށް އަނބުރާ އަންނާނެ ކަމަށެވެ

ވޯލްޑް ކަޕް ފެށުމުގެ ކުރިން ލިބުނު އަނިޔާގެ ސަބަބުން ސަލާހު، މިސްރު ކުޅުނު ފުރަތަމަ މެޗުގައި ކުޅެފައިނުވާއިރު އޭނާވަނީ މި ފަހަރުގެ ވޯލްޑްކަޕްގައި މިސްރަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.