English Edition
Dhivehi Edition

ނިޔާމަ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރިސޯޓަށްބޮޑެތި ގެއްލުންވެއްޖެއެވެ.

ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޭ ފަތިހު ހިނގި މިހާދިސާގައި ވޯޓާ ވިލާ އެއްކޮށްވަނީ އަނދާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ނަމަވެސް ހާދިސާހިނގި ވޯޓާ ވިލާ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ނިޔާމަ ރިސޯޓްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ހެނދުނު 07:03 ގައި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާގައި 3 ކޮޓަރި ހުރެއެވެ.

ދ.އަތޮޅުގައި އޮންނަ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން ރިސޯޓެކެވެ. އެތަނުގެ ޗުއްޓީ ހޭދަކުރުމަށް ރެއަކަށް ތިރީހަކަށް ހާސް ރުފިޔާ ދައްކަން ޖެހެއެވެ.