English Edition
Dhivehi Edition

މިހާރު ރަޝިޔާގައި ކުރިއަށް ދާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަންއިން ފަހު ކާމިޔާބުކުރި ލަޑުން ސްވިޑަން ބަލިކޮށް ޖަރުމަން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕް ‘ގްރޫޕް އެފް’ގައި ފަހު ވަގުތު ސްވިޑަން ކޮޅަށް ޓޯނީ ކްރޫސް ޖެހި ހިތްގައިމު ލަނޑާއެކު ޖަރުމަނުން ގަދަ 16ގެ އުންމީދު އާކޮށްފައިވަނީ 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.

މިމެޗުން ޖަރުމަން މޮޅުވުމާއެކު ގްރޫޕް އެފް އިތުރަށް ފޯރިގަދަ ވެގެން ގޮސްފައިވާއިރު މިގްރޫޕުން ގަދަ 16 މެކްސިކޯއަށް މިހާރު ވަނީ ކަށަވަރުވެފައެވެ. ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުވާނީ ގްރޫޕްގެ ފަހު މެޗުތަކަށްފަހުއެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް މެކްސިކޯއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު ޖަރުމަން އަދި ސްވިޑަންއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ދެކުނު ކޮރެއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމެޗު ފަށައިގެން ޖަރުމަންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފުގައި ފަށައިގެން ކާރި ކާރީގައި ލަނޑު ޖަހަން ޖަރުމަނަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން ސްވިޑަން އިން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޖަރުމަން ކޮޅަށް ލަނޑު ޖަހާފައެވެ.މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަރުމަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސްވިޑަންއަށް ކާމިޔާބުކޮށްދިނީ އޮލާ ޓޮއިވޮނެންއެވެ.

ސްވިޑެން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފްގައި ކުޅެން އެރި ގޮމޭޒް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ރޮއިސްއެވެ.ރޮއިސްގެ ލަނޑުން މެޗު އެއްވަރުވެ ޖަރުމަން މުބާރާތުން ވަކިވާން ދަނިކޮށް އިތުރުވަގުތުގެ އެންމެ ފަހު މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކުރޫޒް ވަނީ ޖަރުމަންއަށް ދެވަނަ ބުރުގެ އުންމީދު އާކޮށްދީފައެވެ.

މިމޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ޖަރުމަނަށް ބޮޑުވެފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ ދެކުނު ކޮރެޔާއާއެވެ. އަދި ސްވިޑެން ބައްދަލުކުރާނީ މެކްސިކޯއާއެވެ.މި މެޗުން މެކްސިކޯ ބަލިކޮށް ސްވިޑަންއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.