English Edition
Dhivehi Edition

ޕީޕީއެމްގެ އައްޑޫ ޒުވާނުން އިސްނަގައިގެން ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި މި ސަރުކާރަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިއަދު ސައިކަލް ބުރެއް ބާއްވައިފިއެވެ..

މިއަދު ހަވީރު އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގައި ބޭއްވި މި ސައިކަލް ބުރު ގައި ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މިއަދު ހަވީރު 4:30 އިން 5:30 ހަމައަށް ކުރިއަށްގެންދިޔަ މި ސައިކަލްބުރު ފަށަފައިވަނީ ފޭދޫ ބަނދަރު ސަރަހައްދުންނެވެ.

ސައިކަލް ބުރު ނިންމާލުމަށްފަހު ބުރުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ މިއަދު ފެނިގެން އައްޑޫސިޓީގެ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ގެ ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް އިތުބާރާއި ލޯތްބާއި ޔަގީންކަން އޮތް މިންވަރު . ، ކަމަށެވެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު އޮތްކަން ހާމަކުރުމަށް މީގެ ކުރިންވެސް އައްޑޫ ސިޓީގައި މިފަދަ ސައިކަލްބުރުތައް ބާއްވާފައިވެއެވެ.މީގެ އިތުރުން ޕީޕީއެމްގެ ފަރާތުން އިއްޔެ އައްޑޫގައި “ރައީސް ޔާމީން 2018 ގޯއްޗަށް ” ކެމްޕެއިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.