English Edition
Dhivehi Edition

ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 ގެ އިވެލުއޭޝަން ރާއްޖޭގައި ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް މޫކައި ހޮޓަލްގައި ސަޓާގެ ރާއްޖޭގެ އިވެލުއޭޝަން ކުރިއަށްދާއިރު މި އިވެލުއޭޝަން ޕެނަލްގައި ހިމެނެނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ހައިރައިޒް އިން ބުނެ އެވެ.

ސަޓާ 2018ގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ހިންނާ ޚާލިދު، ސްރީ ލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ އަދި އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އެވެ.

ސެޕްޓެމްބަރު މަހުގެ 14 އިން 15 އަށް އިންޑިއާގެ މުމްބާއީގައި ބާއްވާ ސަޓާ އެވޯޑަށް ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ބޫޓާން އަދި ނޭޕާލުން ވާދަކުރާއިރު ކޮންމެ ގައުމަކުންވެސް ކުރިމަތިލާފައިވާ ފަރާތްތައް ޖަޖުކުރާނީ އެ ގައުމެއްގަ އެވެ. އެގޮތުން ރާއްޖޭގެ އިވެލުއޭޝަން މަސައްކަތް ނިންމުމަށްފަހު ދެން ފަށާނީ ސްރީލަންކާގެ އިވެލުއޭޝަންގެ މަސައްކަތެވެ.

ސަޓާ އެވޯޑުގެ މިފަހަރު ފާހަގަކުރެވޭ އެއްކަމަކީ ޖަޖުންގެ ޕެނެލްގައި މުޅިން އަންހެން ޖަޖުން ހިމެނުމެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިފަހަރުގެ އިވެންޓަށް ގެނައި ބަދަލެއް ކަމަށް ހައިރައިޒުން ބުނެއެވެ.

މީގެ އިތުރުން އިންޑިއާގެ ބެންގަލޫރާއި ނިއުދިއްލީ، ބޫޓާންގެ ޕަރޯ އަދި ނޭޕާލްގެ ކަތުމަންޑޫގައި ވެސް އިވެލުއޭޝަން ކުރިއަށްދާނެ އެވެ.

ސައުތު އޭޝިއާ ސަރަހައްދުގައި ދެވޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑަށް މިއަހަރު 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަންސް ހުށަހަޅާފަ އެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި މޭޖަރ އޯގަނައިޒޭޝަންސް ހިމެނެއެވެހައިރައި.

މީގެ ތެރޭގައި ހޮޓޭލްސް އެންޑް ރެސްޓޯރެންޓްސް އޮފް ބޫޓާން( އެޗްއާރުއޭބީ) ، އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ، ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ، ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް، ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)، ލިވްއަބޯޑު އެސޯސިއޭޝަން އޮފް . ،މޯލްޑިވްސް، އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ .މޯލްޑިވްސް މާކެޓިން .އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ).ނޭޕާލް ޓޫރިޒަމް ބޯޑު، އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް، ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް، އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް ހިމެނެއެވެ.

.