English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އައްޑޫ ސިޓީގެ ހުޅުމީދޫގައި އަޅާ މަސް ފެކްޓަރީއަށް ބޭނުންވާ މުއައްޒަފުން ހޯދުމުގެ ގޮތުން އައްޑޫ ސިޓީގައި ބާއްވާ އޮޕެންޑޭ މިއަދު ހުޅުމީދޫގައި އޮންނާނެއެވެ

މިއަދު ހަވީރު 16:00 ން 18:00 އަދި ރޭގަނޑު 20:30 ން 23:00 އަށް ހުޅުމީދޫގައި ބާއްވާ މި އޮޕެންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިފްކޯ ހުޅުމީދޫ ކޮމްޕްލެކްސް ގައެވެ.

ހުޅުމީދޫގައި އަޅާ މަސް ފެކްޓްރީ މި އަންނަމަހު ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު، މި ފެކްޓްރީގައި ހުރި ވަޒީފާތަކަށްދިވެހިންނަށް ހާއްސަ ފުރުސަތު ތަކެއް ދިނުމަށް ނިންމާފައިވާކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ

މިފްކޯ އިން މިއަދު ހުޅުމީދޫ ގައި އޯޕެންޑޭ ބޭއްވުމަށް ނިންމާފައިވާއިރުު 21 ވަނަ ދުވަހު ހިތަދޫގައި އޯޕެންޑޭ ބާއްވާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އަދި 22 ޖޫންވާ ހުކުރު ދުވަހު ފުވައްމުލައި ސިޓީގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިފްކޯ އިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ އައްޑޫގައި ހަދާ ފެކްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންނަކީ ދިވެހިންނަށް ހެދުން ކަމަށާއި އެ ފެކްޓްރީއަށް 80 މުއައްޒަފުން ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. މިފްކޯ އިން މިވަގުތު ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޓިވް، އެކައުންޓްސް، ޓެކްނިކަލް،ކޮލިޓީ ކޮންޓްރޯލް ހިމެނެއެވެ

ހުޅުމީދޫގައި އަޅާ މަސްފެކްޓްރީގެ ބިންގާ އަޅާފައިވަނީ 2016 ވަނަ އަހަރު ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ

ޓެގު