English Edition
Dhivehi Edition

ދިރިއުޅުމަކީ އިމްތިހާނެކެވެ. އެއްބަޔަކު އުފާވެރި ދުވަސްތަކެއް ގުނަމުންދާއިރު އަނެއްބަޔަކު ދިރިއުޅުން ވޭތުކުރަމުންދަނީ ހިތްދަތިކަމާއެކީގައެވެ. ދިރިއުޅުން ކުރިއަށް ދާހާ ހިނދަކު އެކިކަހަލަ އިމްތިހާންތައް ކުރިމަތިވާނެއެވެ. ބައެއްމީހުންނަށް ހުރިހާ ނިއުމަތެއް ދެއްވިނަމަވެސް އަނެއްބައިމީހުންނަށް ބައެއްކަންތައް މަހްރޫމްވެއެވެ. މިހުރިހައި ކަމަކީވެސް ހަމަ އިމްތިހާނެވެ.

ބައްޕަޔަކީ ކޮންމެ އާއިލާއެއްގެވެސް ސަމުގާއެވެ. އާއިލާއެއް ހަރުދަނާ ކަންމަތީ ދަމަހައްޓައިދޭބިންގަލެވެ.

ތ. ތިމަރަފުށްޓަށް އުފަން އަބްދުލްމަޖީދަކީ ހަތްކުދީންގެ ބައްޕައެކެވެ. އުމުރުން މިހާރު ފަސްދޮޅަހާގާތް ވެފައިވާ އަބްދުލް މަޖީދަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން ލިބޭމަދު އާމްދަނީއަކުން ހަތްދަރީން ބަލަމުން ދިޔަ ބައްޕައެކެވެ. އެހާ ފުދުންތެރިކަމެއް ނެތް ނަމަވެސް އުފާވެރި އެއާއިލާ އަށް ބަނަކަމެއް އައީ މަޖީދުގެ ފުއްޕާމޭގައި ޓިއުމަރެއް އުފެދި ކެންސަރަށް ބަދަލުވެ ހަތަރުވަނަ ސްޓޭޖްގައި ކަން ވަނީ އާއިލާއަށް އެނގުނު ހިސާބުންނެވެ. މަޖީދުގެ އާއިލާއަކީ ހަތްދަރީން ތިބިނަމަވެސް އެއްކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، މިހާރު އެހީ ވެވެން ތިބި ދަރީންގެ އެހީ ތެރިކަން ލިބުނު ނަމަވެސް ވަރަށް ނިކަމެތި ހާލުގައި އުޅެމުން ދާއާއިލާއެކެވެ.

މަޖީދުގެ ދޮށިދަރި އާމިނަތް ނަސްވާ “އޭއޯ ނިއުސް” އަށް ކިޔައި ދިންގޮތުގައި ބައްޕަގެ ބަލި އެނގުނު އިރު އޭނާ ދިރި އުޅެމުން ދިޔައީ ލ. އަތޮޅު ފޮނަދޫގައެވެ. އަވަސް ވެގަތީ ބައްޕަގެ ފަރުވާ އަށް އެހީ ހޯދުމަށެވެ. އެހެން ކަމުން އެރަށުގައި ވެސް ސަލާންޖެހިއެވެ. އެރަށުން ލިބުނު މަދު ރުފިޔާ ކޮޅު ހިފައިގެން ނަސްވާ ހުޅުމާލެއަށް ބަދަލުވީ ބައްޕައަށް އެހީ ވުމަށެވެ. ނަސްވާގެ ފިރިމީހާ އަށް ލިބޭ އާމްދަނީ އިން ނަސްވާގެ މަންމަގާތު ބަހައްޓާފައި ތިބި ހަތް ދަރީންގެ ހަރަދުގެ އިތުރުން ބައްޕަގެ ހަނގު ދަރިފުޅު ގެ ހަރަދުވެސް އެފައިސާއިން ބަލަހައްޓަން ޖެހުމުން ނަސްވާ އަށް ބައްޕައަށް ހަރަދު ކުރާނެ އިތުރު ގޮތެއްނެތުމުން ދިމާވީ އިތުރު ގޮންޖެހުމަކާއެވެ.

ނަސްވާ ކިޔައިދިންގޮތިގައި ބައްޕަގެ ހާލު ވަރަށްވެސް ދަށެވެ. ހިކި އަނަރޫފަ ވެފައިވާ ބައްޕަ އަށް މިހާރު ތެދުވެ ނޫޅެވެއެވެ. ތަންމަތީގައި އޮތް ބައްޕައަށް ކާއެއްޗެއް ނުކެވެއެވެ. ދުވަހަކަށް ވުރެދުވަހެއް ބައްޕަގެ ހާލުދަނީ ގޯސްވަމުން ކަމަށް ނަސްވާ ބުންޏެވެ. މިހާރު ހުޅުމާލޭގައި ކީމޯތެރަޕީ ގެ ބައެއް ދެމުން ގެންދިޔަ ނަމަވެސް ވަރަށް އަވަހަށް އިންޑިއާއަށް ހަމަސްދުވަހުގެ ކީމޯއެއް ދޭން ފުރަންޖެހެއެވެ. ކޮންމެ ހަފްތާއަކު ބޭސްސިޓީ އަށް ހާހަކުން މައްޗަށް ފައިސާބޭނުން ވެއެވެ.އިންޑިއާ އަށްދާން ބޭނުންވާ ފައިސާއިން މިހާރު އަށްޑިހަ އަށް ހާސް ރުފިޔާލިބިފައި ވާއިރު އެއްލައްކަ އަށްވުރެ ގިނަރުފިޔާ އަދި ބޭނުންވެއެވެ. މަޖީދްގެ ބޭސްފަރުވާ އާސަންދައިން ކަވަރު ކުރިނަމަވެސް މަޖީދާ އެކު އިންޑިއާއަށް ދާ ތިން ދަރީންގެ ހަރަދު ބެލެހެއްޓޭނެ ފެންވަރެއް އެއާއިލާ އަކު ނެތެވެ.

ނަސްވާ ވަރަށް އަސަރާއިއެކު ކިޔައިދިން ގޮތުގައި މަޖީދުއާއި ނަސްވާ އުޅެމުންދަނީ އާއިލާ ކުއްޖަކު ހިފާފައި ހުރި ހުޅުމާލެ ޗައިނާޓައުން ފްލެޓްގެ ތިންކޮޓަރީގެ ފްލެޓްއިން އެއްކޮޓަރިއެވެ. އެ ޕްލެޓްއިން ނަސްވާ ކުއްޔަށް ހިފައިގެން އުޅެނީ އެންމެ ކުޑަކޮޓަރިއެވެ. ތޮއްޖެހިފައި ވާ އެކޮޓަރީގައި ނަސްވާ އާއި ނަސްވާގެ ކޮއްކޮ އަކާއި އެކު ބައްޕަވެސް ދިރިއުޅެއެވެ. “އަޅުގަނޑަކީ ބައްޕަގެ ހަތްދަރީންކުރެ އެންމެ ދޮށީދަރި، އަޅުގަނޑާ ލައިގެން ހަތަރު އަންހެން ދަރީންތިބޭނެ އަދި ދެފިރިހެން ދަރީން ތިބޭ އޭގެން އެކަކު ވީ ޖަލުގައި އަނެކަކު އެއީ އޯޓިޒަމް ހުންނަ ކުއްޖެއް” ނަސްވާ ކިޔައި ދިނެވެ.

“އެންމެ ދެރަވަނީ ބައްޕަގެ އުފަން ރަށްކަމަށްވާ ތިމަރަފުށިން އެކަށީގެން ވާއެހީއެއްނުލީބޭތީ،ބައްޕަ އަކީ ރަށަށް ވަރުބަލިކަމެއްނެތި ޖަމާއަތްތެރިކަމުގެ ހިދުމަތް ކޮށްދީފައިވާ މީހަކަށް ވާއިރު ރަށުން އަޅާލުން ނުލިބޭތީ އެކަމާ ވަރަށް ހިތާމަކުރަން” ނަސްމާ ބުންޏެވެ.

ނަސްވާ ކިޔައިދިން ގޮތުގައި ބައްޕަގެ ބަލި ހަތަރުވަނަ ސްޓޭޖްގައި އޮތަސް ކީމޯތެރަޕީދީގެން ފުއްޕާމޭގެ އޮޕްރޭޝަނެއް ކުރެވިގެން ބައްޕަގެ ބަލިން ފަސޭހަވުމުގެ ޗާންސް އެބަ އޮތްކަމަށް ޑޮކްޓަރުން ބުނެއެވެ. މަޖީދްގެ ފުއްޕާމޭގައި ބޮޑުވަމުންދާ ޓިއުމަރ ނެގުމަށްފަހު މުޅިން ފަސޭހަވާނެކަމަށް މާލެއިން ބެއްލެވިޑޮކްޓަރުންވެސް ބުނެފައި ވެއެވެ. ހަމައެކަނި އޮޕްރޭޝަނަށްވެސް ގާތްގަނޑަކަށް އަށްހާސް ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެވެއެވެ.

މަޖީދްގެ އަށާރަ އަހަރުނުވާ ދަރިފުޅު އަދި ނަސްވާގެ މަންމަ އާއި ހަތްދަރީންގެ ހަރަދު ފިރިމީހާއަށް ލިބޭ މުސާރައިން ހަމަޖައްސަމުން ދިޔުން ވަނީ ނަސްވާއަށް ވަރަށްވެސް ދަތިކަމަކަށެވެ. ބައްޕަގެ ކަންކަން ނަސްވާ އިސްވެ ބަލަހައްޓަމުން ގެންދާއިރު އޭނާގެ އުންމީދު ފަނޑެއްނުވެއެވެ. އޭނަގެ ހުރިހާވެސް އުންމީދަކީ ލޯބިވާ ބައްޕަގެ ބަލީން ވީހާވެސް އަވަހަށް ފަސޭހަވުމެވެ. އަސަރުން ފުރިގެން ވާ އަޑަކުން ވާހަކަދައްކަމުން ނަސްވާ ބުނީ ވަރުބަލިކަމެއްނެތި ބައްޕަގެ ކަންކަން މިދިޔައަހަރުން ފެށިގެން ބަލަހައްޓަމުން ދަނީ ބައްޕަގެ ބަލި އެނގުނު ހިސާބުން އެއްވެސް ޝަކުވާއެއް ހިތްބުރަކަމެއް ނެތިކަމަށެވެ. ހުރިހާވެސް ދައްޗަކީ ފާއިސާ ކަމަށް ވާއިރު ނަސްވާގެ ބައްޕަ އަށް އެހީ ވުމަށާއި ނަސްވާ އަށް މިއަދު ތި އެންމެ ބޭފުޅުންގެ ދީލަތި އެހީ ވަރަށް ބޮޑަށްބޭނުން ވެއެވެ.

ނަސްވާގެ ބައްޕަގެ ބަލިފަސޭހަ ކުރުމަށް ރެއާދުވާލު އެކުރަމުންދާ އުންމީދާއި މަސައްކަތަށް އަދި އޭނާއުޅެމުން ދާ ނިކަމެތި ހާލަށް އެހީވުމަށް ކުރިންވެސް ވެދިންފަދައިން ކޮންމެ މީހަކުވެސް އެހީގެ ކުޑަމިންވަރެއްނަމަވެސް ފޯރުކޮށް ދިނުމަކީ ނަސްވާގެ ވަރަށް ބޮޑު އެދުމެކެވެ.

ނަސްވާއަށާއި އޭނާގެ ބައްޕައަށް ފައިސާގެ އެހީތެރިކަން ފޯރިކޮށްދިނުމަށް ތިރީގައި އެވާ ނަސްވާގެ ދަރިފުޅުގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވިދާނެއެވެ.
އެކައުންޓް ނަމްބަރު: 7730000133664

(ނަސްވާގެ ދަރިފުޅުގެ އެކައުންޓް) Ali Faruhaan.

‎އަދި އެހީވުމަށް ފޯނުނަމްބަރ 9968215އަށްގުޅައިގެން ކުރިއަށް ގެންދިއުމަށް ނަސްވާ އެދެއެވެ. މާލީ ގޮތުން އެހީތެރިވެދެެވެން ނެތް ފަރާތްތަކުން ނަސްވާގެ ބައްޕައަށް ހެޔޮ ދުޢާ ކޮށްދެއްވާށެވެ