English Edition
Dhivehi Edition

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ

މިރޭ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ “ޖަޒީރާ ރާއްޖެ” ކެމްޕޭނަށް މާލޭގައި ތައްޔާރުކުރި އައްޑޫ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައޫދު ވިދާޅުވީ ވެރިކަން ބަދަލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ދެން ދުވަހަކު ވެސް ރާއްޖެ އަތުނުޖެހޭ ހިސާބަކަށް ހިނގައިދާނެ ކަމަށެވެ

މީގެ އިތުރުން ގާނޫނީ ވަކީލް ސުއޫދު ވިދާޅުވީ އެމްޑީޕީން މި ފަށައިގަންނަނީ ވަރަށް ވެސް ބޮޑު މަސައްކަތެއް ކަމަށާއި އޭގެ ބޭނުމަކީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުންކަމަށެވެ

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ތަރައްގީގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ކޮރަޕްޝަން އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.އަދިި މި ސަރުކާރުގައި އެއްވެސް ހަމަހަމަ ކަމެއް ނެތުމާއި އަދުލު އިންސާފު ނެތުމާއި އެތައް ބަޔަކަށް އަނިޔާ ލިބިގެންދާ ދިއުމަކީ މި ވެރިކަން ބަދަލުކުރަންޖެހޭ ސަބަބުތައް ކަމަށް ސުއޫދު ވިދާޅުވިއެވެ..