English Edition
Dhivehi Edition

“މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ކޮމިޝަނެއް އުފައްދަވައިފިއެވެ. ނޮވެމްބަރ 17 ގައި އުފެއްދެވި މި ކޮމިޝަންގެ ރައީސަކީ ސ.މީދޫ ހަސަންކާރީގޭ އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.

ތިރީގައި މިވަނީ “މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން” އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ.

1. އަލްއުސްތާޛު ޙުސްނުއްސުޢޫދު، ހަސަންކާރިގެ، ސ.މީދޫ
2. އަލްފާޟިލް ޢަބްދުﷲ މުނާޒް، ހ. މާފިޔަ
3. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
4. އަލްއުސްތާޛާ ފަރީޝާ ޢަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
5. އަލްފާޟިލް މިޞްބާޙް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

1 ކޮމެންޓް
ޙާށށާޏ
ނޮވެމްބަރު 19, 2018
ފުރަތަމަ ތި ކޮމިޝަނުގެ ނަންވެސް ގޯސް. މީހުން ގެއްލުވާލުން އޮތުމުން ދޭހަވަނީ ތަހުގީގް ގެ ކުރިން ނިޔާ ކަނޑައަޅާފަ ވާކަން. ތަހުގީގް ފަށާނީވެސް ވަކި މީހަކަށް ނުވަތަ ބަޔަކަށް ޓާގެޓް ކޮއްފަ ކަން. ގާނޫނީ ވަކީލަކަށް ކްރިމިނަލް އިންވެސްޓިގޭޝަނެއް ލީޑް ނުކުރެވޭނެ. ރިޓަޔަރޑް ފުލުސް އޮފިސަރެއް ނަމަ ރަނގަޅު ވީސް