English Edition
Dhivehi Edition

ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީ އިން ބުނެފައިވަނީ މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ލިސްޓުގައި ހިމެނުމާ އަދި މަރުވަފައިވާ ފަރާތްތަށް ލިސްޓުގައި ހިމެނިފައިވުމުގެ ޝަކުވާތައް ހިމެނޭކަމަށެވެ. މީގެ އިތުރުން އީސީ އިން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދާނީ އިންތިހާބުގައި ވޯޓު ލާ މީހުންގެ ވޯޓާސް ލިސްޓުގައި ހުރި ޝަކުވާތައް ބެލުމަށްފަހު އެ މައްސަލަ ހައްލަކޮށްގެން ކަމަށެވެ

އީސީ އިން ބުނެފައިވަނީ ބުދަ ދުވަހާ ހަމައަށްޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ހުށަހަޅާ ޝަކުވާތައް ފަސް ދުވަހުގެ ތެރޭ އީސީން ޖަވާބުދާރީވާނެ ކަމަށާއި އަދި އެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ޕާޓީތަކުން ހައިކޯޓަށް ދިޔުމުގެ ފުުރުސަތުވެސް އެބައޮތް ކަމަށެވެ