English Edition
Dhivehi Edition

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއްގައި 193 އުޅަނދު ބަލައިފާސްކޮށްފިއެވެ.

ސ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، ޖޫން 10ން ޖޫން 16ށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެކެވެ. އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވާ މިއޮޕަރޭޝަންގައި، 193 އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވެގެން 16 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.