English Edition
Dhivehi Edition

އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި މިއަދު ހިންގި ޓްރެފިކް އޮޕަރޭޝަން “ދިވިލިމަތަ 7” ގައި ޖުމްލަ 475 އުޅނަދު ޗެކް ކޮށްފިއެވެ.

އައްޑޫސިޓީ ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މިއޮޕަރޭޝަނުގައި 4 ފުރޮޅުލީ 120 އުޅަނދާއި، 349 ސައިކަލް ނުވަތަ ދެ ފުރޮޅުލީ އުޅަނދާއި، ބެޓްރީ ސައިކަލްފަދަ 6 އުޅަނދެއްވަނީ ބަލައި ފާސްކޮށްފައެވެ. ޖުމްލަ 475 އުޅަނދު ޗެކުކޮށް 6 އުޅަނދެއްވަނީ ޖުރިމާނާވެސް ކޮށްފައެވެ.

މި އޮޕަރޭޝަނަކީ ކޮންމެ މަހެއްގެވެސް އެންމެ ފަހުކޮޅު ފުލުހުން ހިންގާ އޮޕަރޭޝަނެކެވެ. މީގެ ކުރިން މީގެ 6 އޮޕަރޭޝަން ދިވެހި އައްޑޫ ފުލުހުންވަނީ ހިނގައިފައެވެ.