English Edition
Dhivehi Edition

ދިވިލިމަތައިގެ ނަމުގައި އައްޑޫސިޓީގައި ކުރިއަށް ގެންދާ އެންމެބޮޑު ޓްރެފިކް އޮޕަރޭޝަން މިއަދު ހަވީރު އައްޑޫގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށް އައްޑޫސިޓީ ޕޮލިސް އިން ހާމަކުރައްވައިފިއެވެ.

އައްޑޫސިޓީގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށާއި އަދި މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމާއި، ޓްރެފިކް ގަވާއިދަށް ކަމޭހިތުމަށް މީހުންނަށް ހިތްވަރުދިނުމާއި އައްޑޫސިޓީއަކީ އަމާންތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަން ކުރިއަށް ގެންދާނީ މިއަދު ހަވީރު 3.45 އިން 6.00 އަށެވެ. މިއަދު ކުރިއަށް މިގެންދަނީ މި އޮޕަރޭޝަނުގެ “ދިވިލިމަތަ 7 ” އެވެ.

މި އޮޕަރޭޝަނުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ “ދިވިލިމަތަ 6” ގެ ޓްރެފިކް އޮޕަރޭޝަނުގައި 534 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ދިވިލިމަތަ އޮޕަރޭޝަނަކީ އައްޑޫގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އައްޑޫގެ މަގުތައް އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އައްޑޫސިޓީ ޕޮލިސް އިން ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.