English Edition
Dhivehi Edition

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި 652 އުޅަނދެއް ބަލައިފާސްކޮށްފިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤަވައިދާއެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެއައް ގޮތުން ޖެނުއަރީ މަހުގެ 1 ން 11 އަށް އައްޑޫ ސިޓީގައި ހިންގި މި ޓްރެފިކް އޮޕަރޭޝަންގައި އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އަހަރީފީއާއި އިންޝިއުރެންސްއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލާފައިވެއެވެ.

މި ގޮތުން މި އޮޕަރޭޝަނުގައި 652 އެއްގަމު އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވައިދާ ޚިލާފުވި 33 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ