English Edition
Dhivehi Edition

ބޭނުންވާތަކެތި:

6ދޮން އަނބު (ތޮށިމަށާ ކޮށާފައ)

2 ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު (ގާނާފައި)

1 ސައިސަމްސާ މުގުރި ދިރި

1 ސައިސަމްސާ ތޮޅިފޮނިތޮށި މުގުރާފައި

ބައިޖޯޑު ހަނާކުރި ހަވާދު (ފުނޑާފައި)

2 ހިކަނދިފަތް

ލޮނުކޮޅެއް

5 ރާނބާފަތް (ބައި އިންޗީގެ)

2 ޖޯޑު ކާށި ކިރު

1 ގިތެޔޮމިރުސް (ކޮށާފައި)

1 ސައިސަމްސާ ހިކިމިރުސް (ރާޅުކޮށް ތަޅާފައި)

1 ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެގޮތް:

ތެލި އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަތެޔޮފޮދެއް އަޅާލިމަށްފަހު ހޫނުވެލީމަ ފިޔާ، ހިކަނދިފަތް، ރާނބާފަތް، އެއްކޮށްލުމަށްފަހު ފިޔާކޮޅު ރަތްވެލީމާ އިނގުރު ލޮނުމެދު ދިރި އެއްކޮށްލާށެވެ. ދެން ހަވާދު އެއްޖޯޑު ކިރުގައި ގިރާލުމަށްފަހު އަޅާފައި އަނބުވެސް އެއްކޮށްލާފައި އަނބު މަތިން އެއްއިންޗި އަށް ހުންނަވަރަށް ފެން އަޅާފައި މަސް އެޅުމަށްފަހު ބޯކިރު ފިޔަވަި ބާކީ ހުރިހާ ތަކެތި އެއްކޮށްލާށެވެ. އަނބު ރޯފިލަންދެން ކެއްކުމަށްފަހު ބޯކިރު ފޮދު އެއްކޮށްލުމަށްފަހު އެއްމިނެޓްވަންދެން ކައްކާލާށެވެ.