ޖަޕާނުގެ އޮސާކާ ސިޓީ އަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މުޅި އެ ސަހަރު ގުޑުވާލައިފި އެވެ
މިއަދު ހެނދުނު އަށެއް ޖެހާކަށްހާއިރު ރިކްޓާ މިންގަނޑުން 6.1 ގެ ބާރު މިނުގައި އައި މި ބިންހެލުމުގައި އޮސާކާގެ ބައެއް އިމާރާތްތަކުގައި އަލިފާން ރޯވެ ގިނަ އިމާރާތްތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ
ވެއްޓުނު އިމާރާތްތަކުގެ ދަށުވެ ނުވަ އަހަރުގެ ކުޑަ ކުއްޖަކާއި 40 އަަހަރުގެ ދެ މީހުން މަރުވެފައިވާ އިރު މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު ވަނީ 210 އަށް އަރައިފަ އެވެ
ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރި އަށް ދާ އިރު ބައެއް ހިސާބުތަކުން ފެނާއި ކަރަންޓުގެ ހިދުމަތްވަނީ ކެނޑިފައެވެ. އަދި ރޭލާއި، އާންމު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ