English Edition
Dhivehi Edition

އިދިކޮޅު ފަރާތްތަކުން ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓާލުމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ގޮވައި ލައްވައިފިއެވެ. އޭނާ ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ އުފާފާޅުކުރަމުންދާ މިދަނޑިވަޅުގައި ކުދިން އެފަދަ ކަންކަމުން ދުރުކުރުވަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ. މި ދުވަސްވަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާ ދުވަސްވަރެކެވެ. ސިޔާސީ މަސްރަހު ހަލަބޮލިވެ މުޒާހަރާތައް އިތުރުވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ސިޔާސީ ފަރާތްތަކުންދަނީ ކުރަމުންނެވެ.