English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކުށުގެ ރެކޯޑު ސާފު ކެންޑިޑޭޓެއް އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ

ޚަލީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށަށް އެރުމަށް ހިތްވަރު ދިނުމާއި ކުށްކުށުގައި މައުސޫމް ދިވެހިން ބެއްދުމަކީ އިދިކޮޅު ފަރާތްތަކުގެ ޚާއްޞަކޮށް އެމްޑީޕީގެ އާދައެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި ގައުމަށް ތެދުވެރި، ދިވެހިންނަށް ހެޔޮގޮތް އެދޭ، ކުށުގެ ރެކޯޑު ނެތް ފަރާތެއް އިދިކޮޅު ޕާޓީ ތަކުން ކުރާ ރިޔާސީ ކެންޑިޑޭޓުންގެ ސައްލާގައި ޚިޔާރު ކުރުމުގެ ހިތްވަރެއް އަދި އިޚްލާސްތެރިކަމެއްވެސް އެބޭފުޅުންގެ ނެތް ކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ.

“އެފަދަ ފަރާތަކަށް މި ޕާޓީތަކުން ފުރުސަތުވެސް ނުދޭނެ” ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވެސް މެމްބަރު ޚަލީލު ވިދާޅުވީ ގާނޫނު އަސާސީގައި އެކަކަށް ވިދިވިދިގެން ފަސް އަހަރުގެ ދެ ދައުރުވެރިކަން ކުރެވޭނެ ކަމަށް ބުނެފައިވާކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ޕްރައިމަރީ ނުބޭއްވިނަމަވެސް ރިޔާސީ ކެންޑިޑޭޓް ޔަގީން ވެފައިވާކަމަށާއި އަދިވެސް ޕީޕީއެމްގެ ހުރިހާ މެންބަރުންވެސް ބޭނުންވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭންކަމަށެވެ

މީގެއިތުރުން ޑރ. ޚަލީލު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވަގުތު ޖެހޭއިރުވެސް ރިޔާސީ ކެންޑިޑޭޓަކު އިއުލާން ނުކުރެވޭނެ ކަމަށާއި އިދިކޮޅު އިއްތިހާދުގައި ތިއްބެވި ހުރިހާ ލީޑަރުން ބޭނުންވަނީ ވެރިކަމަށް ވަޑައިގަތުމަށްކަމަށެވެ