English Edition
Dhivehi Edition

ބޭރުގެ އެއްވެސް ގައުމަކުން ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ގާބިލްކަން ލިބިގެންވާ ކޮމިޝަނެއް ކަމަށާއި އެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް އިލެކްޝަންސް ކޮމިޝަނުން ދީލައި ނުލާނެ ކަމަށާއި އަމަލު ކުރާނީ ގާނޫނުތަކާއި ކޯޓްތަކުން ނެރޭ އަމުރުތަކާއި ހުކުމްތަކާ އެއްގޮތަށް ކަމަށް އިކުރަމް ވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން އިކުރަމް ވިދާޅުވީ އެ ކޮމިޝަނަށް ނުވެގެން ބޭރު ގައުމެއްގެ އެހީއަށް އެދެން ނުޖެހޭނެކަމަށެވެ . އަދި ބޭރުގެ އެއްވެސް ބައަކަށް އިންތިހާބުގެ ކަންތައްތަކާއި ބެހި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދޭނެކަމަށެވެ