English Edition
Dhivehi Edition

އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ

ރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް އާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމާ އެކު، އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.ޖުމްހޫރީޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު އާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ނާއިންސާފާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިއަދު އޭނާ ފަށަނީ އާ މަސައްކަތެއް ކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އެ މަސައްކަތް ކާމިޔާބު ވެސް ކުރާނެކަމަށެވެ

ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވަނީ ގާސިމް ކުރައްވާ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް، ޖުމްހޫރީ ޕާޓީއާ ގުޅުމަށް ގޮވާލާފައެވެ