ވޯލްޑްކަޕްގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު އެލްޝެނާވީއަށްލިބުނު އިނާމު ބޭނުން ނޫންކަމަށް އަތުގެ އިޝާރާތުން އޭނާ ބުނާ ވީޑިއޯ އެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ
އުރުގުއޭ އާއި ދެކޮޅަށް މިސްރުން ކުޅުނު މެޗުގައި މުހައްމަދު އެލްޝެނާވީ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް އޭނާ ހޮވުމުން ލިބުނު އިނާމަކީ ރާ ފުޅިއެކެވެ. މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯ އާއި ގުޅިގެން ބައެއް މީހުންގެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު މުހައްމަދު އެލްޝެނާވީ ކަންތައް ކުރި ގޮތުން އޭނާއަށް ގިނަ ބަޔަކުވަނީ ތައުރީފުވެސްކޮށްފައެވެ
މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމަށް ފީފާގެ ސްޕޮންސަރެއް ކަމަށްވާ ބަޑްވައިޒާގެ ފަރާތުން ދޭ ހަދިޔާއަކީ ރާފުޅިއެކެވެ