English Edition
Dhivehi Edition

އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވިސާ އަދި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެ އިން ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާ ނުކޮށްދޭކަމަށް ބުނެ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް އިމިގްރޭޝަނުންވަނީ ދޮގުކޮށްފައެވެ. މި ކަމާއި ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ އިންޑިއާގެ ރައްޔަތުންނަށްވެސް ރާއްޖޭގެ އިމިގްރޭޝަންގެ އުސޫލުގެ ތެރެއިން ވިސާ އާއި ވޯކްެ ޕާމިޓް ދޫކުރަމުން އަންނަ ކަމަށެވެ

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މި ދަނޑިވަޅު ރާއްޖެއިން ވިސާ ނުލިބޭކަމުގެ ޝަކުވާ އިންޑިއާގެ ވެރިން އަންނަނީ ކުރަމުންނެެވެ.މީގެ އިތުރުން އިންޑިއާ އިންވެސް އަންނަނީ ދިވެހިންނާ މެދު ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންނެވެ