English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ

އެ ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ އެޕާޓީން ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނެސް، އާ މަގާމުތަކެއް އުފައްދާފައިވާ ކަމަށެވެ. އެ ގޮތުން އެ ޕާޓީގެ އޮނިގަނޑަށް އިތުރު ކުރި ރައީސްގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކު މަސައްކަތް ކުރައްވާނީ އެ ޕާޓީގެ ލީޑަރުގެ ދަށުން ކަމަށް ސަމީރު ވިދާޅުވިއެވެ

އެ ޕާޓީން އަލަށް އުފެއްދި މަގާމުތަކުގެ ތެރޭގައި އެ ޕާޓީގެ ރައީސްގެ މަގާމުގެ އިތުރުން ނައިބު ރައީސްގެ މަގާމު، އަދި އެ ޕަޓީގެ އަންހެނުންގެ ގޮތްޕާއި ޒުވާނުންގެ ގޮފީގެ ސެކްރެޓަރީގެ މަގާމު ހިމެނެއެވެ