English Edition
Dhivehi Edition

މިނިވަންކަޕް 2017 ގެ ނިންމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފިއެވެ. ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހުޅުދޫ މީދޫ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނާޓާ އަލީ މުހައްމަދު އެވެ. މީގެ އތިރުން މި ރަސްމިއްޔާތުގައި ހުޅުދޫ ސިޓީ ކައުންސިލަރ ޝުކުރީ އާއި ޑެޕިއުޓީ މޭޔަރު ޔަސްރިފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ހަފްލާގައި ވާހަކަދައްކަމުން ޝަރަފުވެރި މެހެމާނު އަލީ މުހައްމަދު ވަނީ ފުޓްސެލް ދަނޑާއި ކުޅިވަރު އެރީނާތައް ހައްދަވާ ދެއްވާ، މިއަދުގެ ސަރުކާރުން ހުޅުދޫއަށް ކޮށްދެއްވާ މަސައްކްތަށް ފާހަގަކޮށް ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމިނަށާއި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދަށް ޝުކުރު ދަންނަވާފައެވެ. އަދި ޒުވާނުންނަށް ހުޅުވާލައިގެން މިފަދަ މުބާރާެތެއް ބާއްވަމުން އަންނަތީ، މުބާރާތް އިންތިޒާމުކުރާ ފަރާތަށް އަލީ މުހައްމަދު ވަނީ ޝުކުރު އަދާކޮށްފައެވެ. ” މި މުބާރާތުގައި ސަބަބުން އިގްތިސާދީ ގޮތުން ބެލިކަމުގައިވިޔަސް ރަށަށް ވަރަށް ގިނަ ފައިދާތައް އަންނަނީ ވަމުން. ޒުވާނުންނަށް މިފަދަފުރުސަތެއް ހޯއްދަވައި ދެއްވި ކަމަށްޓަކައި މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން” އަލީ މުހައްމަދު ވިދާޅުވިއެވެ މީގެ އިތުރުން މި އަހަރު މުބާރާތުގައި ބައިވެރިވި އެންމެ ހަނގު ޓީމުކަމަށްވާ، ހުޅުދޫ ޔޫތު ޓީމަށް އައްދުވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.”ހުޅުދޫ ޔޫތުގެ ލީވާން އާއި ހަމްދާނުގެ ކުޅުން މިހާރުވެސް މުބާރާތުގައި ބައިވެރިވި މޮޅެތި ކުޅުންތެރިންވަނީ ފާހަގަކޮށްފި. އެ ކުދިންނަށް މިހާރުވެސް ވަޒީފާގެ ފުރުސަތުތައް އަންނަނީ ލިބެމުން” މި މުބާރާތަކީ ޒުވާނުނަށް ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމުގައި ފާހަގަ ކުރަމުން އަލީ މުހައްމަދު ވަނީ ވިދާޅުވެފައެވެ. މި ރަސްމިއަޔާތުގައި މަންތަރަ އެފްސީ އިން ވަނީ ހުޅުދޫ ޔޫތު ޓީމަށް ޖާޒީ ސެޓެއް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ހުޅުދޫ މީދޫގެ އިޖްތިމާއީ ކަންތައްތަކުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވެދެއްވާ އެހީތައް ފާހަގަކޮށް ހާއްސަ އެވޯޑެއް ވަނީ ދީފައެވެ. މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހުޅުދޫ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު(ޝާޑު)އެވެ.