English Edition
Dhivehi Edition

މިނިވަންކަޕް ގެ ފައިނަލަށް ނިކުންނާނީ ގުރޫޕު ސްޓޭޖުން ބަލިވި މެޗު ހަދާން ނައްތާލުމަށްފަހު މޮޅު ވާންކަމުގައި މަންތަރަ އިގެ ކޯޗު އަލީ ޝިޔާޒު ބުނެފިއެވެ. މިރޭ 9 ޖަހާއިރު ހުޅުދޫ ފުޓްސެލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ކަޕް 2017 ގެ ފައިނަލްގައި އޭޓީ އާއި މަންތަރަ ބައްދަލުކުރާ މެޗަށް މަންތަރައިން ވަނީ ފުރިހަމައަށް ތައްޔާރުވެފައިކަމުގައި އެ ޓީމުން ވަނީ ބުނެފައެވެ. “ޓީމުގެ ހުރިހާ ކުޅުންތެރިވެސް ތިބީ ވަރަށް ޖޯޝާ ފޯރިއާއި އެކު ތަށި އުފުލާލުމަށް ތައްޔާރުވެގެން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ.” ޝިޔާޒު ބުންޏެވެ. މީގެ އިތުރުން ޝިޔާޒު ބުނެފައިވަނީ ޓިމުން މިހާތަނަށް ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށާއި އަނިޔާގެ މައްސަލައެއް އެއްވެސް ކުޅުންތެރިއަކަށް ދިމާވެފަ ނެތް ކަމަށެވެ. އޭޓި އަކީ މުބާރާތުގައި ބައިވެރިވި މޮޅު ޓީމެއް ކަމަށް ޝިޔަޒުވަނީ ފާހަގަކޮށްފައެވެ” އޭޓީ އަކީ މޮޅު ޓީމެއް. އެކަމަކު ބަލި ނުކުރެވޭ ވަރު ޓިމެއް ނޫން. ގްރޫޕް ސްޓޭޖްގެ މެޗު ހަނދާން ނައްތާލުމަށްފަހު މި ޓީމުން މި ނިކުންނަނީ ތަށި އުފުލާލުމަށްޓަކައި” ޝިޔާޒު ބުންޏެވެ. މީގެ އިތުރުން އޭޓި އަކީ މޮޅު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމުގައި ވިޔަސް މަންތަރައިގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމުގައި ޝިޔާޒުވަނީ ބުނެފައެވެ މި މުބާރާތުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ވަރަށް ރަގަޅަށް ކަމުގައި ޝިޔާޒުވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ހިތްހަމަޖެހޭ ކަހަލަ ޑިސިޕިލިން ކުޅުމެއް ދައްކާފައިވަނީ ހުޅުދޫ ޔޫތުން ކަމުގައި ޝިޔާޒުވަނީ ފާހަގަކޮށްފައެވެ. އަދި ހުޅުދޫ ޔޫތުގެ ކުޅުންތެރިއަކު އަންނަ އަހަރުގެ މުބާރާތަށް މަންތަރައަށް ގެންދިއުމަކީ މިހާރު ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނަށްވެސް ފެންނަ ކަމެއް ކަމުގައި ޝިޔާޒު ބުންޏެވެ. ” ލީވާން 2018 ގައި ބާއްވާ މުބާރާތައް މަންތަރައަށް ކުޅޭތަން ފެނިގެން ދިޔުން ވަރަށް ގާތް.” ޝިޔާޒު ވަނީ ލީވާންގެ ކުޅުން ފާހަގަކޮށް އެ ކުޅުންތެރިޔާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.