English Edition
Dhivehi Edition

މިނިވަންކަޕް 2017 ގެ ޗެމްޕިއަންކަން އޭޓީ ސްޕޯޓް އިން ހޯދައިފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗު ގައި އެފްސީ މަންތަރައައި ބައްދަލުކޮށް އޭޓީ އިން މި މެޗު ކާމިޔަބުކުރީ ވަގުތު ހަމަވެ ޕެނެލްޓީ ޖަހައިގެންނެވެ.ދެ ޓިމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗު އޭޓީއިން ކަމިޔާބުކުރީ 6 ލަނޑު 5 ލަނޑުންނެވެ. މި މެޗުގެ ތިރީސް ތިންވަނަ މިނިޓްގައި ޝާއްޕެ ނަގައިދިން ހުރަހަކުން އޭޓީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝިރާޒް(ޝިރައްޓޭ)އެވެ. ދެ ޓިމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ލަނޑަކީ އޭޓީ ގެ ސިޔާމު މެދު ރޮނގާ ހަމައިން ފޮނުވާލު ބޯޅަ ގޯލަށް އަމާޒުވެ އޭޓީ އަށް ކާމިޔަބުކުރެވުނު ލަނޑެކެވެ. އޭޓީގެ ދެވަނަ ލަނޑާއެކު އެ ޓީމަށް ހަމަޖެހިނުލެވެނީސް ލިޔާހު ނަގައިދިން ހުރަހަކުން ރޯނާ ވަނީ މަންތަރައިގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިފައެވެ. ދެ ލަނޑުގެ ލީޑަކާއެކު އޭޓީއިން މަންތަރަ ޓީމު ހިފެހެއްޓުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހްނެ ނަމަވެސް މެޗުގެ ފަސްވަނަ މިނިޓްގައި ލިޔާހުވަނީ އިތުރު ލަނޑެއް މަންތަރައަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގައި އޭޓީގެ ޝާއްޕެއަށް، ފަސް ފައުލް ހަމަވުމުން ލިބުނު ދެ ޕެނެލްޓީވެސް މަންތަރައިގެ ކީޕަރުވަނީ ގޯލަށް އަމަޒުވިޔަ ނުދީ ނާކާމިޔާބުކޮށްލާފައެވެ. މަންތަރައިން އޭޓީގެ ޑިފެންސްލައިނަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތެކެއް އުފައްދާފައިވާ އިރު އޭޓީގެ ކީޕަރުވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ. މެޗުގެ ތިންވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށްވެފައިވަނިކޮށް ރޮނާ ނަގައިދިން ބޯޅަ ގޯލަށް އަމާޒުކޮށް މަންތަރައިގެ ސަމީނު އެ ޓީމަށް ކަމިޔަބުކޮށްދިން ލަނޑެކެވެ. މަންތަރައިގެ ތިންވަނަ ގޯލާއެކު އޭޓީއިން އެ ޓީމު ހިފެހެއްޓުމަށް މަސައްކަތްކުރަމުން ދަނިކޮށް 19 ވަނަ މިނިޓްގައި މަންތަރަ އިގެ ލިޔާހުވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި އޭޓީއިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި މޮޅު ކުޅުމެއް ކުޅެފައެވެ. އޭޓީގެ ތިންވަނަ ލަނޑަކީ އެ ޓީމުގެ ސިޔާމު، ކޯނަރަކުން ނަގައިދިން ބޯޅަ ގޯލަށް އަމާޒުކޮށް ހުސެއިން ޝަރީފު(އޮންލީ) ކާމިޔާބުކޮށްދިން ލަނޑެކެވެ. އޮންލީގެ ލަނޑާއެކު މަންތަރައިން އިން ވަނީ އެޓީ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި އެ ޓީމު ހިފަހައްޓާ ޑިފެންސިން ގޭމެއް ކުޅެފައެވެ. މި މެޗުގައި ނަތީޖާ އެއްވަރުވި ލަނޑަކީ މެޗުގެ އެންމެ ފަހު މިނިޓް އޭޓީގެ ޝާއްޕެ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. ދެ ޓީމުގެ ފަރާތުންވެސް ރެފްރީންގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު މި މެޗުގައި މަންތަރައިގެ ސަމީނު އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ ނަތީޖާ އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ކޮންމެ ޓީމަކުންވެސް ވަނީ ތިން ޕެނެލްޓީ ޖަހާފައެވެ. މި ގޮތުން މަންތަރައިގެ ރޮނާ، އޭޓީގެ އޮންލީ، މަންތަރައިގެ ހެޓޭ ޖެހި ޕެނެލްޓީތައް ދެ ޓީމުގެ ކީޕަރުންވެސް ވަނީ ދިފައުކޮށްފައެވެ. މެޗުގައި މަންތަރައަށް ކާމިޔަބުކުރެވުނު ހަމައެކަނި ޕެނެލްޓީ ޖަހައިދިނީ ލިޔާހުއެވެ. އޭޓީގެ ފުރަތަމަ ޕެނެލްޓީ ސިޔާމު ކާމިޔާބުކޮށްދިން އިރު މެޗުން އެ ޓީމު މޮޅުވި ޕެނެލްޓީ ކާމިޔާބުކޮށްދިނީ ހުސެއިން ފައިޒުއެވެ. މިރޭގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަންތަރައިގެ ކީޕަރު މިރާއެވެ