English Edition
Dhivehi Edition

ޖޭޕީއަކީ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ޕާޓީއެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންނުކުރަން އެންގުމުން ދިދަ އާއި ލޯގޯ ބޭނުންކުރުން ހުއްޓާލިތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން މަނާކުރީ އެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭތީއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ އެންގުމާއި ގުޅިގެން ޖޭޕީ އިން ވަނީ އެ ޕާޓީގެ ދިދައާއި ލޯގޯ ބަދަލުކޮށްފައެވެ. އަދި އާ ލޯގޯ އާއި ދިދަ ބޭނުންކުރުމުގެ ހުއްދަ ޖޭޕީ އަށް އޭސީން މިހާރު ދީޕައވާއިރު އެ ޕާޓިން ބުނެފައިވަނީ ދިދަ އާއި ލޯގޯ ބަދަލުކުރީ ސިޔާސީ ގޮތުން ކުރިއަށް ދެވެނޭ އެއްވެސް މަގެއް ނެތުމުން ކަމަށެވެ

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މި މަހުގެ ފަހުކޮޅު އޮންނަ ޖޭޕީގެ ކޮންގްރެސްގައި ޕާޓީގެ އާ ލޯގޯ އާއި ދިދައާ މެދު ގޮތެއް ނިންމާނެ ކަމަށެވެ