English Edition
Dhivehi Edition

ބޭނުންވާތަކެތި:

1/3 ޖޯޑު ކްރީމް ޗީޒް
2 މޭޒުމަތީ ސަމްސާ ގްރީކް ޔޯގަރޓް (ޕްލެއިން ޔޮގަރޓް ވެސް ބޭނުންކުރެވޭނެ)
2 މޭޒުމަތީ ސަމްސާ ކިރު
1 ޖޯޑު ވެނީލާ އައިސްކްރީމް
½ ސައިސަމްސާ ފެން
1 ބިސް
އިނގިލި ކުރިން ނެގޭވަރު ލޮނު ކޮޅެއް
2 މޭޒުމަތީ ސަމްސާ ހަކުރު
¼ ސައިސަމްސާ ވެނީލާ އެސެންސް
3 މޭޒުމަތީ ސަމްސާ ވިޕް ކްރީމް
1 މޭޒުމަތީ ސަމްސާ ސްޓްރޯބެރީ ޖޭމް
4 މާރި ބިސްކޯދު

ކްރީމް ޗީޒް، ޔޯގަރޓް، ހަކުރު، ބިސް، ވެނީލާ އެސެންސް އަދި ލޮނު އެއްކޮށްލާށެވެ. އެއަށްފަހު މައިކްރޮވޭވް އަށް 20- 30 މިނެޓް އަށް ލާށެވެ. ( މައިކްރޯވޭވް ކޮށްލީމަ ކުޑަކޮށް ޖެލީ ކަހަލަ ގޮތަކަށް ހުންނާނީ) ދެންޖޭމް ކޮޅު ވަކިން މައިކްރޮވޭވް އަށް ލާ 15 ސިކުންތަށް ޖައްސާށެވެ. އަދި ފެން ފޮދު އަޅާ ވަކިން ބަހައްޓާށެވެ. މިކްސަރ އެއްގައި އައިސްކްރީމް، ކިރު، ބިސްކޯދު އަދި ގިރާފައި ހުރި ޗީޒް ކޭކު ބޭސް އަޅާ އެއްކޮށްލާށެވެ. ތައްޓަކަށް އެޅުމަށްފަހު ވިޕް ކްރީީމް އަދި ޖޭމް މައްޗަށް އަޅާ ސާރވް ކޮށްލާށެވެ.