English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، ފޭދޫގެ ރައްޔިތުންނަށް ރޯދަ ވީއްލުމެއް ދެއްވައިފިއެވެ

މި ރޯދަ ވިއްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ ހުސައިން ލަތީފް ވިދާޅުވީ ރޯދަ ވިއްލުމަށްވެސް ވަކި ޕާޓީއެއްގެ ބަޔަކަށް އިސްކަން ނުދީ، ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައިވާކަމަށެވެ، އަދިއީކުއޭޓަރ ވިލެޖުގައި ބޭއްވި މި ރޯދަ ވީއްލުމަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބިފައިވާ ކަމަށް ވެސް ހުސައިން ލަތީފް ވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން ހުސައިން ލަތީފު ވިދާޅުވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އަކީ ރައްޔަތުންގެ ހާލު އަބަދުވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅެއްކަމަށާއި ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުން ފިލުއްވާ، އެކަންކަމަށް ހައްލު ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމުގައެވެ

އިބްރާހީމް ދީދީވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް ފޭދޫ ދާއިރާގެ ރައްޔަތުންނަށް ރޯދަވީއްލުން ދެއްވާފައެެވެ

.

1 ކޮމެންޓް
ފޭދޫ ރައްޔިތެއް
ޖޫން 13, 2018
މިކަހަލަ ހަބަރު ލިޔާ އިރު ތެދު ދޮގު އޮޅުން ފިލުވުން ބުއްދިވެރި. އޭނަ ދިން ރޯދަ ވީއްލުމުން ރޯދަ ވީއްލުނީ ކިތައް މީހުންނަށް. މަ ވެސް ދިޔައިން. އަގަޔަށް ލާނެ ކަދުރު ކޮޅެއްވެސް ނެގީ ނުދަންނަ މީހެެއްގެ ތަށިން. ކާނެ އެއްޗެއް ނުލިބި ގެއަށް އައީ. އެވެސް ރޯދަ ވީއްލުން ދޯ؟ އޭނަ ކައިރީ ބުނޭ ވާވަރު ކަންތައް ކުރާށޭ.