ބޭނުންވާތަކެތި:
170ގ ފުށް
170ގ ހަކުރު
170ގ ބަޓަރ/ މާޖިރިން
1 ޖޯޑު މޭބިސްކަދުރު
3 ބިސް
2 މޭޒުމަތީސަމްސާ ކޮފީ
1 1/2ސައިސަމްސާ ބޭކިންގ ޕައުޑަރ
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ފުށާއި ބޭކިންގަ ޕައުޑަރ އަދި ކޮފީ އެއްކޮށްފައި ފުރާނާލާފައި ބަހައްޓާށެވެ. ދެން ބަޓަރު ހަކުރާއި އެއްކޮށް ގިރާލުމަށްފަހު ފަހަރަކު ބިހަކާއި ފަހަރަކު ކުޑަފުށްކޮޅަކާއި އެއްކޮށް އޮމާން ވަންދެން ގިރާލާށެވެ. ދެން މޭބިސްކަދުރު އަޅާފައި ފުރާނާފައި ބެހެއްޓި ފުށް އެއްކޮށްފައި ރަނގަޅަށް މިކްސްކޮށްފައި ޓްރޭގައި ބަޓަރު ހާކާލާފައި ފުށްގަނޑު އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.
ނޯޓް: ކޮފީކޭކް ޑެކަރޭޓް ކުރުމަށް އައިސިންގ އަދި ކޮފީބޭނުން ކޮށްގެން ޑަސްޓް ކުރެވިދާނެއެވެ.