English Edition
Dhivehi Edition

ބޭނުންވާތަކެތި:

ކޮށާފައި ހުރި ބޯންލެސް ކުކުޅު

1 ސައިސަމްސާ ހަކުރު

1 1/2 ސަމްސާ ތެޅިމިރުސް

2 ސައިސަމްސާ ވިނެގަރ

3 ސައިސަމްސާ ސޯޔާސޯސް

1 1/2 ސަމްސާ ތެޔޮ

5 ސައިސަމްސާ ފެން

2 ސައިސަމްސާ އޮއިސްޓަރ ސޯސް

2 ިރެޑްޕެޕަރ (ކޮށާފައ)

2 ިގްރީންޕެޕަރ (ކޮށާފައ)

ލޮނު، އަސޭމިރުސް، ޒުވާރިފުށް، ސެސަމީ ސީޑް

ތައްޔާރުކުރާނެގޮތް:

ސޯސްގަނޑު ތައްޔާރު ކުރުމަށް: ހަކުރު، ތެޅިމިރުސް، ވިނެގާ، ސޯޔާސޯސް، ތެޔޮ، ފެން، އޮއިސްޓަރ ސޯސް، ކޮށާފައި ހުރި ރެޑްޕެޕަރ، ގްރީން ޕެޕަރ އަދި އިތުރަށް ކުޅިކުރަން ބޭނުންނަމަ ގިތެޔޮ މިރުސްކޮޅެއް ކޮށާފައި އެޅުމަށްފަހު ހުރިހާ ބާވަތެއް އެއްކޮށްލާށެވެ.

ދެން އެހެން ތައްޓެއްގައި ނުވަތަ ޓްރޭއެއްގައި ކޮށާފައި ހުރި ކުކުޅު އަތުރާލުމަށްފަހު ލޮނު ކޮޅަކާއި ޒުވާރި ފުށް އެޅުމަށްފަހު ކުކުޅު މަސްތަކުގައި ރަނގަޅަށް ހާކާލާށެވެ. ދެން ތަވަޔަށް ތެޔޮ އަޅާފައި ކުކުޅު ކޮޅު ރޯފިލަންދެން ދެފުށަށްޖަހަމުން ފިހެލާށެވެ. ކުކުޅު ކޮޅު ރަނގަޅަރޯފިލުމުން ތައްޔާރު ކޮށްފައި ހުރި ސޯސް އެޅުމަށްފަހު ކުކުޅުތަކުގައި ސޯސްހިފަންދެން ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ

ނޯޓް: ގާނިޝްކުރުމަށް ސްޕައިސީ ޕެޕަރ ޗިކެންގެ މައްޗަށް ސެސަމީ ސީޑް ކޮޅު އެޅުމަށްފަހު ފެހި، ރަތް އަދި ރީނދޫ ބެލްޕެޕަރ ހަނިދިގަށް ކޮށާފައި އެޅުމުން މި ޑިޝްއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.