English Edition
Dhivehi Edition

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް އިންޑޮނޭޝިޔާއާ ދެކޮޅަށް ރާއްޖެ އިން ވާދަކުރަން ކެރުމަކީ ވެސް ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބުނުވުމުން އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކާއި ގުޅިގެން އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި ނާކާމިޔާބީއާ މެދު ބަޔަކު އުފާފާޅު ކުރި ނަމަވެސް ހަގީގަތުގައި މިއީ ސަރުކާރާއި ހުރިހާ ދިވެހިންނަށް ވެސް ލިބުނު ނާކާމިޔާބީއެއް ކަމަށެވެ

އިދިކޮޅު ފަރާތްތަކުން ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މުހައްމަދު އިސްމާއީލްވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަގައުމަކަށް 46 ވޯޓު ލިބުމަކީވެސް ކާމިޔާބީއެއް ކަމަށެވެ