ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ދާއިރާތަކުގެ މަޖިލިސްތައް ފެށުމަށްއެމްޑީޕީގެ ދާއިރާތަކުގެ މަޖިލިސްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މިއަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިންޑިއާއިން ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެމެރިކާ އަދި ޔޫރަޕިއަން އިއްތިހާދުން ވެސް ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ
ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު ނިހާން ހަސަން މަނިކު އިންޑިއާއަށް އެތެރެވިޔަ ނުދިން މައްސަލައަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ދެން އިންޑިއާއަކަށް ނޭރޭނެކަމަށެވެ